ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި، ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ފުލުހުންނަށް ފިލަން ދުއްވި ސައިކަލެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ. ލައިސަންސް ނެތި ކުއްޖަކު ދުއްވި އެ ސައިކަލު ވަނީ އެހެން ސައިކަލެއްގައި ޖެހިފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިރޭ 9:15 ހާއިރުއެވެ.
މިހާތަނަށް "ޖީލު" އަށް އެނގިފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލުގައި ތިބި މީހުންގެ އަދަދެއް އަދި އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
Ads by BMLފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހިތަދޫގައި ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓެއްގެ ރިޕޯޓު ލިބި، އެކަމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
Ads by MACL
