ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްޓީއޯގެ ސްޓޮކުގައި ހުންނަ ބޭސްތައް ވަގުތުން ޑޮކްޓަރުންނަށް ބެލޭނެ އިންތިޒާމް ހަމަޖައްސަނީ!

އެސްޓީއޯ ފާމަސީގައި މުވައްޒަފުން މަސައްކަތް ކުރަނީ
އެސްޓީއޯ ފާމަސީގައި މުވައްޒަފުން މަސައްކަތް ކުރަނީ

ބޭހުގެ މައްސަލަ ހައްލުކުރުމަށް އެސްޓީއޯއިން މަސައްކަތް ފަށައިފިއެެވެ.

ފަހަަކަށް އައިސް ބައެއް ބޭސްތައް ނުލިބޭކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެހެންވެ  ބޭސް ފޯރުކޮއްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަައް ހައްލުކޮށް ދެމެހެއްޓެނިވި އަވަސް ހައްލެއް ހޯދުމުގެ ގޮތުން އެސްޓީއޯ އާއި، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން(އެމްޑީޔޫ) އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން(އެމްްއެމްއޭ) ގުޅިގެން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.

އެ ބައްދަލުވުމަށް ފަހު އެމްއެމްއޭއާއި އެމްޑީޔޫއިން މިރޭ ނެރުނު ބަޔާނުގައި ބުނީ އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ.


  • އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، އެމްޑީޔޫ އަދި އެމްއެމްްއޭ ހިމެނޭގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމައިފައި

  • އެ ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށްވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ/ރަނގަޅު މަޢުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ