އީޕީއޭ ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކުރައްވައި، އެ އިދާރާގެ ހައިސިއްޔަތު އޮތޯރިޓީއަކަށް ބަދަލުކުރައްވަން ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައި ވަނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ، އެ އިދާރާގެ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ހަލުވިކުރުމެވެ. އަދި އީޕީއޭއިން ކުރަމުން އަންނަ މައިގަނޑު މަސައްކަތަކީ ތިމާވެށީގެ ކަންކަން ރެގިއުލޭޓްކުރުން ކަމަށްވާތީ، އެކަމާ އެންމެ ގުޅޭގޮތަށް އިދާރާގެ ނަން ބައްޓަންކުރުމަކީވެސް މި ބަދަލުގެ ބޭނުމެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެއެވެ.
Ads by BMLމި ގެނައި ބަދަލާއެކު، ކުރިން ގަވަރނިންގ ބޯޑެއްގެ ލަފަޔާއެކު ހިނގަމުންއައި އީޕީއޭ، މިހާރު ވެގެންދާނީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގާ އިދާރާއަކަށެވެ. މިއީ އިދާރީ ހިންގުމަށް ގެނައި މުހިންމު ބަދަލެކެވެ.
Ads by MACL
