ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިޔަފާރީގެ ދާއިރާ ފުޅާކުރަން އެމްޕީއެލް އާއި މިފްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް
މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްޕީއެލް

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދެކުންފުނި ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން، ވިޔަފާރީގެ އާ އެއްބަސްވުންތައް ހޯދައި، ދިގު މުއްދަތުގެ ސްޓްރެޓީޖިކް ޕާޓްނަޝިޕެއް ޤާއިމުކުރުމުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދެ ކުންފުނީގެ ތަޖުރިބާގެ ވަސީލަތްތައް ބޭނުންކޮށްގެން، ގުޅިގެން ކުރިއެރުން ހޯދުމެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑީސީޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާން އެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރެވެ.

މި ސްޓްރެޖިކްޕާޓްނަރޝިޕްގެ ދަށުން، ދެ ކުންފުންޏަށް ވެސް ފައިދާ ކުރަނިވި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ތަރައްޤީގެ އާ މަޝްރޫޢުތައް ރާވައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި އެއްބާރުލުން ދިނުމަށް ވެސް މި ފަހުމުނާމާގައި ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމަކީ ދެ ކުންފުނީގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ވިޔަފާރީގެ ގޮތުން އިތުރު ފުރުޞަތުތައް ފަހިވެގެންދާނެ ކަމެއް ކަމުގައި ދެ ކުންފުނިން ވެސް ދެކެއެވެ.