ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖަމީލަކީ ބޯވައެއް، ވަރަށް އަވަހަށް ކުލަ ބަދަލުކޮށްލާނެ: މެމްބަރު މުހައްމަދު އިސްމާއިލް

ވިލިމާލެ ދާއިރާގެ މެމންބަރު މުހައްމަދު އިސްމާއިލް
ވިލިމާލެ ދާއިރާގެ މެމންބަރު މުހައްމަދު އިސްމާއިލް

ޖަމީލަކީ ބޯވައެއް ކަމަށާއި ވަރަށް އަވަހަށް ކުލަ ބަދަލުކޮށްލާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ މުހައްމަދު އިސްމައިލް ވިދާޅުވެއްޖެއެވެ.

މުހައްމަދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މެމްބަރު މުހައްމަދު އިސްމައިލް ވިދާޅުވީ ޖަމީލަކީ މިއަދު ދިވެހި ރައްޔިތުންނަށް ނޯޅޭ މިންވަރަށް ކުލަބަދަލުކޮށް، ކުލަ ބަދަލުކުރުމުގެ ލަގަބުން މަޝްހޫރު ވެފައިވާ ފަރާތެއް ކަމަށެވެ.

2010 ހާތަނުގައި ޖޭޕީގައި އުޅުއްވުމަށް ފަހު 2013 ގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީންއާއިއެކު އިންތިހާބުވެ ފުރަތަމަ އިންޓަވިއުގައި ވެސް ވިދާޅުވީ އަޅުގަނޑުގެ ސިޔާސީ ހަޔާތް، މިހާ ހިސާބަށް އައިއިރުގައި، އަޅުގަނޑަށް ފެނުނު އެންމެ ދީލަތި، އެންމެ އަޑުއަހާ، އެންމެ މީހުންނަށް ކަމޭހިތާ އެއްބޭފުޅަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށެވެ.

އެހެން ނަމަވެސް ނައިބު ރައީސްގެ މަގާމުގައި 617 ދުވަހު ހުންނެވުމަށްފަހު ތުބާރުގެ މައްސަލަތަކެއް ޖެހި ޖުލައި 21، 2015 ގައި ޖަމީލު ނައިބު ރައީސްކަމުން ދުރުކުރީ ޕީޕީއެމްގެ މެޖޯރިޓީ އޮތް އޭރުގެ މަޖިލީހުގެ 78 މެންބަރުންގެ ވޯޓާ އެކު އެވެ. ޖަމީލު އޭރު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ހައްޔަރުކުރާނެ ކަމުގެ ބިރު އޮތުމުންނެވެ.

އެއަށްފަހު ވިދާޅުވީ ދިވެހިން ތަޖުރިބާ މި ކުރަނީ އަލުން އަނބުރާ ހުދުމުހުތާރު ވިރާސީ ޝާހީ ވެރިކަމެއްގައި ހިމެނޭ ސިފަތަކެއް. މިއަދު ރައްޔިތުންނާ ހަމައަށް ދަތުރުކޮށް، އަތްޖޯޑުކޮށް، ބުރަކަށީގައި ފިރުމާލާ އެކީގާ އިށީނދެ ތިބެ ރައްޔިތުންގެ އިހުސާސްތަކުގެ އަޑުއެހި އެންމެން މިވަނީ ރައީސް ޔާމީނުގެ ބާރުގައި ރައްޔިތުންނާ ދުރުކޮށްފަ." ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަން މިހާރު މިވަނީ ނިމިފަ، ރައީސް ޔާމީނަށް މިހާރު މީހުން ތާއީދުކުރާނެ އެއްވެސް ސަބަބެއް ނެތް. މިއަދު މި ހިންގަނީ އިގްތިސޯދީ ޕޮލިސީއެއް އޮވެގެން ހިންގާ ވެރިކަމެއް ނޫން." މިއީވެސް ޖަމީލުގެ ބަހެވެ.

މިއީ އެ ދުވަހުގެ ވާހަކަފުޅެވެ. ޔާމީނުގެ ވެރިކަން ނިމި އެމަނިކުފާނުގެ މައްޗަށް ދައުވާކުރުމާއެކު ޖުލައިން 26، 2019 ގައި ޖަމީލް ވަނީ ޔާމީނުގެ އިސް ވަކީލަށް ވެވަޑައިގެންފަ އެވެ. ފުރަތަމަ ޖަލު ހުކުމުން ޔާމީނު ސަލާމަތްވެސް ކުރެއްވި އެވެ.


ރަނިން މޭޓުގެ ޓިކެޓާއެކު ވިދާޅުވީ، "އެންމެން ގުޅިގެން އާ ޖޯޝެއްގައި ރައީސް ޔާމީން ރާއްޖޭގެ ޒައާމަތަށް ގެންނެވުމުގެ މަސައްކަތް ފަށަމާ ހިންގަވާ. އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަށް މި އިންތިހާބު ރައީސް ޔާމީންއަށް ކާމިޔާބު ކޮށްދެއްވުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން." މިހެންނެވެ.


އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތު ޕާޓީ ތެރޭގައި ނުހިނގާ ކަން ހާމަވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.