މަޝްރަހު ހޫނުވެ އަރުތަ ފުޓްސަލް ފައިނަލް މެޗަށް 6 ގަޑިއިރު، އަދިވެސް ނިމޭގޮތް ނުވޭ!
ރ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ އަރުތަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު 8:50 ގައި ފެށި ނަމަވެސް އަދިވެސް ނިމޭ ގޮތް ނުވެއެވެ.
ފައިނަލް މެޗުގެ ތެރެއިން ސަޕޯޓަރުން ހޫނުވެ މެޗު ވަނީ މެދުކަނޑާލާފައެވެ. އޭރު 4-2 އިން ކުރީގައި އޮތީ އިނގުރައިދޫއެވެ. މެދުކަނޑާލި މެޗު 12:20 އިރު ފެށޭ ތޯ މަސައްކަތް ކުރި ނަމަވެސް ސަޕޯޓަރުން ދަނޑަށް ފުޅިއާއި ގާ އުކުމުގެ ސަބަބުން އަނެއްކާވެސް ވަނީ މެދު ކަނޑާލާފައެވެ.
ދަނޑަށް އުކާފައިހުރި ތަކެތި ނަގައި ސާފުކޮށް މެޗް ފެށޭތޯ 1:20 ގައި މަސައްކަތް ކުރިނަމަވެސް އަނެއްކާވެސް ދަނޑަށް އެއްޗެހި އުކާތީ މެޗް ފެށޭގޮތް ވަނީ ނުވެފައެވެ.
Ads by BMLމި މެޗުގައި ދަނޑަށް ފުޅިއާއި ގާ އުކުމުގެ ސަބަބުން އެކަކަށް ވަނީ އަނިޔާވެ ސިއްހީ މަރުކަޒުގައި ފަރުވާދީފައެވެ.
އަދިވެސް 2 ރަށުގެ ސަޕޯޓަރުން ދަނީ އަޑު އުފުލަމުންނެވެ. މިއާއިއެކު ފުލުހުންވެސް ދަނީ ރަށުގައި ފޯރި މަރަމުންނެވެ.
މެޗު ނިމެން އިނީ ގާތްގަނޑަކަށް 4 ވަރަށް މިނެޓެވެ.
އިތުރު ތަފްސީލް....
Ads by MACL
