އެންސްޕާއިން ޖުލައި މަހު 65.7 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީތެރިކަމަށް ޚަރަދުކޮށްފައިވޭ
ބޭސްފަރުވާއަށް ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ހިންގާ "ބޭސްފަރުވާގެ އެހީ" ޕްރޮގްރާމްގެ ދަށުން، މިނިމުނު ޖުލައި މަހު 65.7 މިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި ޚަރަދުގެ އެންމެ ބޮޑުބައި ހޭދަކުރެވިފައިވަނީ ބޭހަށެވެ. އެގޮތުން ބޭހަށް ޖުމްލަ 32,877,221.13 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މިއީ އާސަންދައިގެ ދަށުން ކަވަރު ނުކުރެވޭ ބޭހާއި އިންޖެކްޝަން ފޯރުކޮށްދިނުމަށް ކުރެވުނު ޚަރަދެކެވެ.
މި ޕްރޮގްރާމްގެ ދަށުން ދެން އެންމެ ބޮޑު ޚަރަދެއް ކުރެވިފައިވަނީ "އެހެނިހެން ޚިދުމަތްތަކަށެވެ." މި ބައިގެ ދަށުން 21,138,765.37 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
Ads by BMLމީގެ އިތުރުން، ބޭސްފަރުވާއަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް (ބޭނުންކޮށްފައި ހުސްވާ ސާމާނު) އަށް 11,738,455.76 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެންސްޕާގެ "ބޭސްފަރުވާގެ އެހީ" ޕްރޮގްރާމަކީ، އާސަންދަ ސްކީމުން ލިބިގެން ނުދާ ޚިދުމަތްތަކާއި، ބޭސްފަރުވާއަށް ފައިސާގެ ދަތިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ފަޤީރުކަމުގެ ތެރެއަށް މީހުން ދިއުން ހުއްޓުވުން ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ.
Ads by MACL
