އާއިލާއާއިއެކު ރައީސް ރަސްފަންނުގައި
އާއިލާއި އެކު ރައީސުލް ޖުމްހޫރިއްޔާ ރަސްފަންނަށް ވަޑައިގެންފިއެވެ.
ރައީސް ވަޑައިގެންނެވީ އަނބިކަނބަލުން މެޑަމް ސާޖިދާ އަދި ހަނގު ދަރިފުޅު ގޮވައިގެންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ދެކަނބަލުން ހަގު ދަރިކަލުންނާއެކު ރަސްފަންނަށް ވަޑައިގަތީ ނުރަސްމީ ގަޑީގައި އާއިލާއެކު ވަގުތު ހޭދަކުރެއްވުމުގެ ގޮތުންނެވެ.
Ads by BMLރަސްފަންނަކީ މޫދަށް އެރި އާއިލާއެކު ވަގުތު ހޭދަކުރެވޭނެ ގޮތަށް ރައީސް ޑރ. މުޢިއްޒު ހައުސިންގ މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހަދާފައިވާ ތަނެކެވެ. އެތަން ވަރަށް ގިނަ އާއްމުން ކޮންމެ ދުވަހަކުވެސް ބޭނުންކުރެއެވެ. އަދި ޚާއްސަކޮށް ރަސްމީ ބަންދު ދުވަސްތަކުގައި އާއިލާއެކު މޫދަށް އެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މާލޭގެ މާފަންނުކޮޅުގައި އޮތް ހަމައެކަނި ތަނަކީ ވެސް ރަސްފަންނެވެ.
Ads by MACL
