ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހުޅުމާލޭ ނެޓްބޯޅަ ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފި

ސަރުކާރުން ހުޅުމާލޭގައި ގާއިމުކުރާ ނެޓްބޯޅަ ކޮމްޕްލެކްސްގެ ބިންގާ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ހަވީރު އަޅުއްވައިދެއްވައި، މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ނެޓްބޯޅަ ކޮމްޕްލެކްސް އަޅަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖިއޯ ވޭވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ކޮމްޕްލެކްސް ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަސްތެރޭގައެވެ.

މި ކޮމްޕްލެކްސްގައި ޖުމްލަ ތިން ނެޓްބޯޅަ ކޯޓު ހިމެނޭނެއެވެ. އޭގެ ތެރޭގައި ފަރިތަކުރެވޭނެ ދުނިޔޭގެ ފެންވަރުގެ ދެ ކޯޓާއި މުބާރާތްތައް ބޭއްވުމަށް ޚާއްސަ ކޯޓެއް ހިމެނެއެވެ.

ހުޅުމާލޭގައި ނެޓްބޯޅަ އާއި ފުޓްސަލްއަށް ޚާއްސަ ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް ކުޅިވަރާ ބެހޭ ވުޒާރާ އާއި މާލީ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ގައެވެ.