ހަގީގަތް: ރަސްމާލެ ޕްރޮޖެކްޓަށް މުޅި އެމްޑީޕީ ތާއީދު ކުރޭ، މައްސަލައަކީ ވެރިކަމުގައި ނެތުން!
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި ނަމަ، ރަސްމާލެ މަޝްރޫއަށް ހިތާއި ރުހުމުން އާނއެކޭ ވިދާޅުވީސް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަދަލުގައި އެ ދެ ބޭފުޅުންކުރެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަ، އެ މަޝްރޫއާ ދެކޮޅު ނުހައްދަވާނެ ކަމަށެވެ.

“އަޅުގަނޑު އެއީ ރައީސް ނަޝީދު ކުރެއްވި ކަމެއްނަމަ، ރައީސް ޞާލިހު ކުރައްވާ ކަމެއް ނަމަ، އަޅުގަނޑު ހިތާއި ރުހުމުން އާނއެކޭ ބުނީމުސް، އަޅުގަނޑު އެމީހުންނަށް އިތުބާރު ކުރަން..” އާޒިމް ވިދާޅުވިއެވެ.
ޚަބަރު ޝާއިޢުކުރި ނޫހުގެ ބަޔާނުގައިވާ ގޮތުގައި، އީގަލް ހިލްސް އިން ރާއްޖޭގައި ފަށަން އުޅޭ މި ބިޔަ މަޝްރޫއު ހުއްޓުވުމަށް މަސައްކަތް ކުރައްވަނީ ވެރިކަމުގައި ހުންނެވީ އެމްޑީޕީގެ ވެރިއަކަށް ނުވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. މި ވާހަކަފުޅުން، ރަސްމާލެ މަޝްރޫއުގެ ޒާތުގައި އެމްޑީޕީއަށް މައްސަލައެއް ނެތްކަން ހާމަވާ ކަމަށް ވެސް އެ ނޫހުން ފާހަގަކޮށްފައިވެއެވެ.
Ads by BMLސޯސްގައިވާ ގޮތުން، މީގެ ކުރިން ވެސް އެމްޑީޕީގެ އެކި ފަރާތްތަކުން ރަސްމާލެ މަޝްރޫއު ރަނގަޅު ކަމަށް އެއްބަސްވެފައިވެއެވެ.
މި މައްސަލާގައި އިބްރާހިމް ފަލާޙް ލިޔުއްވާފައިވަނީ، “ތިމާމެންނަށް އުޅެއުޅެ ނުގެނެވުނު ވަރުގެ ބިޔަ ފައިދާހުރި އިންވެސްޓްމެންޓެއް ރައީސް މުޢިއްޒު ގެންނެވީތީ ހަޖަމުނުވުން ނޫން ސަބަބެއް ނެތް!” ކަމަށެވެ.
އެމްޑީޕީއާއި ޕީއެންއެފް ގުޅިގެން ދާދިފަހުން ބޭއްވި އެއްވުމުގައި 6،000 މީހުން ބައިވެރިވި ކަމަށް ބުނި ނަމަވެސް، އެ ސަރަހައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެ އެއްވުމަށް 600 މީހުން ވެސް ހަމަނުވާ ކަމަށް ޚަބަރު ޝާއިޢުކުރި ނޫހުން ބުނެފައިވެއެވެ.
Ads by MACL