މާލޭ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
މާލޭ ކޯޓު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ.
މި ކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކޯޓު ކޮމްޕްލެކްސްގެ ފުރަތަމަ ގާ ބާއްވަވައިދެއްވައި ބިންގާ އަޅުއްވައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) ގެ ރައީސް އަދި މަނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަލްއުސްތާޛު ޙުސްނީ މުބާރިކް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛު އާދަމް ޝަމީމާއި، މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
Ads by BMLމި ރަސްމިއްޔާތުގައި ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ސަރުކާރުގެ ގުޅުންހުރި ވުޒާރާތަކާއި ކުންފުނިތަކުގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
Ads by MACL
