ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޮނަދޫގައި ހިނގި އެކްސިޑެންޓް: އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ފޮނަދޫގައި ހިނގި އެކްސިޑެންޓް: އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ލ. ފޮނަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 64 އަހަރުގެ އަންހެނަކު، ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ކައްދޫ އެއަރޕޯޓަށް ދާ މަގުމަތީގައެވެ.

 

ފުލުހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ޒެބްރާ ކްރޮސިންގް އަކުން މަގު ހުރަސް ކުރަމުން ދިޔަ ދެ އަންހެނެއްގެ ގައިގައި ސައިކަލެއް އައިސް ޖެހުމުންނެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 19:18 ހާއިރުއެވެ.

 

އެކްސިޑެންޓްގައި އަނިޔާވި ދެ އަންހެނުންނަށް ވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް، އެތަނުން އެކަކު ކަމަށްވާ 64 އަހަރުގެ އަންހެން މީހާ ވަނީ ލިބުނު އަނިޔާތަކާ ގުޅިގެން ދުނިޔެ ދޫކޮށްފައެވެ.


 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.