ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސްގެ އިސްނެންގެވުމާއިއެކު ސިޓީ ކައުންސިލް ކުއްލިއަކަށް ހޭލައިފި، ރަސްފަންނު މަރާމާތުކޮށް ބަލަހައްޓާނަން!

މާލެ ސިޓީކައުންސިލަށް ރައީސް ކުރެއްވި ޒިޔާރަތުގައި
މާލެ ސިޓީކައުންސިލަށް ރައީސް ކުރެއްވި ޒިޔާރަތުގައި

މިއަދު ހެނދުނު އަރައިގެން އައި އިރާއިއެކު ގައުކު ހޭއްލައްވާލީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ރަސްފަންނަށް ވަޑައިގެން އުޅުއްވަމުންދާ ހަބަރާއި އެކުއެވެ.

އޭގެ އިރުކޮޅެއް ފަހުން ރައީސް ދޫކޮށްލެއްވީ ރަސްފަންނުގެ ހާލަތާއިމެދު ދެރަވެ ހިތާމަކުރައްވާ ކަމުގައެވެ. ލިބޭ ބަންދު ދުވަސްތަކުގައި އާއިލާއާއި އެކު ވަގުތު ހޭދަކޮށްލަން ހިތްގައިމު މާހައުލެއް ތަރައްގީ ކުރީ ރައީސް މުއިއްޒުގެ މިނިސްޓަރު ކަމުގައެވެ.

އެތަން ވީރާނާވެ ހަލާކުކޮށްލަން ދޫކޮށްލާފައިވަނީ ބަޔަކު ގަސްތުގައި ހޭ ވެސް މީހުން ބުނެއެވެ. މަންޒަރު ފެންނަމުންދަނީ އެގޮތަށެވެ. ރަސްފަންނު ހުޅުވި ފަހުން އެެއްވެސް މަރާމާތެއް އެތަނަށް ކޮށްފައި ނުވެއެވެ. އެހެންނަމަވެސް ތަން ބެލެހެއްޓުމަށް ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.

ރައީސް ދޫކޮށްލެއްވި މެސެޖަކީ ތަން ވީރާނާވެ ހަލާކުވާން ދޫނުކޮށްލާނެ ކަމަށެވެ. އެތަންތަނަށް އާރޯކަން ގެނެސް ރީތިކޮށް ރައްޔިތުންނަށް އަލުން ހުޅުވާލާނޭ ކަމަށެވެ.

މިއާއިއެކު މާލެ ސިޓީ ކައުންސިލުން މިތަންތަން މަރާމާތު ކުރާނެ ކަމަށް ބުނެފިއެވެ. އަދި މިހާރުވެސް އެތައްޔާރީތަށް ވަމުންދާކަމަށެވެ. އަދި މީގެ ފަހުން އެތަން މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓޭކަމަށް ވަނީ ބުނެފައެވެ.