ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަނޑުމަތީގެ ހިދުމަތްތައް ވަރުގަދަކުރަން ދިވެހި ފުލުހުންނަށް ޖަޕާނުން ފަސް ލޯންޗް!

ކަނޑުމަތީގެ ހިދުމަތްތައް ވަރުގަދަކުރަން ދިވެހި ފުލުހުންނަށް ޖަޕާނުން ފަސް ލޯންޗް!

ދިވެހި ފުލުހުންގެ ކަނޑުމަތީގެ ހިދުމަތްތައް އިތުރަށް ވަރުގަދަކުރުމުގެ މަގްސަދުގައި ޖަޕާނު ސަރުކާރުން ހަދިޔާކުރި ފަސް ލޯންޗް މޯލްޑިވްސް ޕޮލިސް ސާވިސްއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ކ. ދޫނިދޫގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ އެ ލޯންޗުތައް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއާ ހަވާލުކޮށްދެއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ޖަޕާން ސަރުކާރުގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމިޝަނަރު ނަވީން ވިދާޅުވީ، މި ލޯންޗުތަކުގެ ސަބަބުން ކަނޑުމަތީގެ ފުލުހުންގެ ގާބިލްކަން އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި، ކުއްލި ހާލަތްތަކަށް އަވަހަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. ޖަޕާނުގެ ސަފީރު އިޝިގާމީ ވެސް ވަނީ މި އެހީގެ މައިގަނޑު މަގްސަދަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ގާނޫނު ތަންފީޒުކުރުމަށް ފުލުހުންނަށް އެހީތެރިވުންކަން ފާހަގަކުރައްވައިފަ އެވެ.

https://twitter.com/PoliceMv/status/1957326339729703193?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1957326339729703193%7Ctwgr%5E62d21fefececab6e0b43ae64c0a62ef92ef3712c%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FPoliceMv%2Fstatus%2F1957326339729703193

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ނަވީން ވަނީ ޖަޕާނު ސަރުކާރުން ފުލުހުންނަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، ފުލުހުންގެ ފަރާތުން ޖަޕާނު ސަރުކާރަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.

ޖަޕާނަކީ ދިވެހި ފުލުހުންނާއި ސަލާމަތީ ބާރުތަކަށް އެކި ގޮތްގޮތުން ދާއިމًا އެހީތެރިވަމުން އަންނަ ގައުމެކެވެ. އެގޮތުން، މިދިޔަ އަހަރު އެކަނި ވެސް 54 ކާރާއި ހަތަރު ވޭން ފުލުހުންނަށް ހަދިޔާކޮށްފައިވެ އެވެ. މީގެ އިތުރުން، އެކި ބާވަތުގެ ޓެސްޓު ކިޓްތަކާއި އެހެނިހެން އާލާތްތައް ވެސް ޖަޕާނުން ވަނީ މީގެކުރިން ހަދިޔާކޮށްފަ އެވެ.