ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިން ކެއްސާތީ ދޭ ބޭހެއް ކޮލިޓީގެ މައްސަލަތަކަކާ ހެދި މަނާކޮށްފި

ކޮލިޓީ ދަށްވެގެން އެތެރެކުރުން މަނާކުރި ބޭސް ---
ކޮލިޓީ ދަށްވެގެން އެތެރެކުރުން މަނާކުރި ބޭސް ---

ރޯގާއާއި ކެއްސުމަށް ކުޑަކުދިންނަށް ދޭ "ކޯފްސީ" ސިރަޕް، އެ ބޭހުގެ ކޮލިޓީއާ ގުޅޭ މައްސަލަތަކެއް ތަކުރާރުކޮށް ފެންމަތިވުމާ ގުޅިގެން، އެ ބޭސް ބޭނުންކުރުމާއި، ރާއްޖެއަށް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު އެލާޓެއްގައިވާ ގޮތުން، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން "ކޯފްސީ" ސިރަޕް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

https://twitter.com/MoHmv/status/1958105187224105327?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1958105187224105327%7Ctwgr%5Eec2bea02031a47f74f57f9d7225dc176f475e257%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F163458

ރާއްޖޭގެ ބާޒާރުގައި ވިއްކާ ބޭހުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން ގަވާއިދުން ކުރިއަށްގެންދާ މާކެޓް ސަރވައިލެންސްގެ ތެރެއިން މި ބޭހުގައި ކޮލިޓީގެ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

މި ނިންމުމާ ގުޅިގެން، ރާއްޖޭގެ ފާމަސީތަކާއި ބޭސް ވިއްކާ ތަންތަނުގައި ހުރި "ކޯފްސީ" ސިރަޕް، އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނައްތާލުމަށް ބޭހުގެ ވިޔަފާރިކުރާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން ފާހަގަކުރާ ގޮތުގައި، މިހާތަނަށް "ކޯފްސީ" ސިރަޕް ބޭނުންކުރުމުގެ ސަބަބުން ސިއްޙީ މައްސަލައެއް ދިމާވިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައި ނުވި ނަމަވެސް، ބޭހުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ބޭސް ގުދަންކުރުމާއި އުފުލުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ސަމާލުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރެއެވެ.