ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްދޫގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް އެމްއޭސީއެލްއާއެކު ސޮއިކޮށްފި

ރަސްދޫގައި ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް އެމްއޭސީއެލްއާއެކު ސޮއިކޮށްފި

އއ. ރަސްދޫގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެރަށުގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުމުގެ މަޝްރޫއު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މިކަމަށްޓަކައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި އެމްއޭސީއެލްއާ ދެމެދު ވަނީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި މަޝްރޫއުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުالله ރާފިއުއެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

މި ސަރުކާރުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ، 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން، އެމްއޭސީއެލްއާ ގުޅިގެން 63 ރަށެއްގައި މިފަދަ මަރުކަޒުތައް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ރަސްދޫގައި ގާއިމުކުރާ މި ސްޕޯޓްސް ކޮމްޕްލެކްސްއަކީ ވެސް އެ މަޝްރޫއުގެ ތެރެއިން ހިންގޭ މަސައްކަތެކެވެ.

މި ޒަމާނީ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމުން، ރަސްދޫގެ ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން، އިންޑޯ ޖިމެއް، އަންހެނުންނަށް ހާއްސަ ކަސްރަތުކުރާ ބައެއް، ބޯޑް ގޭމްތަކާއި އެހެނިހެން ކުޅިވަރުތަކަށް ބޭނުންކުރެވޭނެ ހޯލެއް އަދި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ކޮޓަރިއެއް މި މަރުކަޒުގައި ހިމެނޭނެއެވެ.