މިއަހަރު ޙައްޖަށްދާ 500 މީހުން ދަތުރުކުރާނީ މޯލްޑިވިއަންގެ ބޯޓުގައި: ވަޒީރު ޑރ. ޝަހީމް
ރާއްޖެއިން މިއަހަރު ޙައްޖަށްދާ ހައްޖާޖީންގެ 500 މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދިއުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ބޭއްވި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް ޤައުމީ އެއަރލައިންގައި ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ދުވަސްކަމަށާއި މިކަން ފަހިވެގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެން ޤައުމުތަކުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭކަމެއް ޙައްޖުވެރިން ޤައުމީ އެއަރލައިންތަކުގައި ދަތުރުކުރުން. ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި އެ ފުރުސަތު ނެތީމަ ބޭރުގެ އެއަރލައިންތައް ޗާޓަރކުރަމުން ދަނީ. އަޅުގަނޑުމެންގެ މުސްތަޤްބަލްގެ އަމާޒަކީ ރާއްޖޭގެ ހައްޖުވެރިންގެ %100 ރާއްޖޭގެ ގައުމީ އެއަރލައިންގައި އުފުލުން. އެކަމަކު މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ %50 ގައުމީ އެއަރލައިންގައި ދަތުރުކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
Ads by BMLރާއްޖެއިން މިއަހަރު ޙައްޖަށްދާ ހައްޖާޖީންގެ 500 މީހުން ދަތުރުކުރާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުގައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުން ގެންދިއުމާއި ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު ބޭއްވި ސޮއިކުރުމުގެ މި ރަސްމިއްޔާތުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް ޤައުމީ އެއަރލައިންގައި ޙައްޖަށް ދިއުމުގެ ފުރުސަތު ފަހިވެގެންދިޔަ ދުވަސްކަމަށާއި މިކަން ފަހިވެގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މަސައްކަތްޕުޅުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެން ޤައުމުތަކުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއްދޭކަމެއް ޙައްޖުވެރިން ޤައުމީ އެއަރލައިންތަކުގައި ދަތުރުކުރުން. ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި އެ ފުރުސަތު ނެތީމަ ބޭރުގެ އެއަރލައިންތައް ޗާޓަރކުރަމުން ދަނީ. އަޅުގަނޑުމެންގެ މުސްތަޤްބަލްގެ އަމާޒަކީ ރާއްޖޭގެ ހައްޖުވެރިންގެ %100 ރާއްޖޭގެ ގައުމީ އެއަރލައިންގައި އުފުލުން. އެކަމަކު މިއަހަރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ %50 ގައުމީ އެއަރލައިންގައި ދަތުރުކުރުމަށް." ވަޒީރު ވިދާޅުވިއެވެ.
Ads by MACL
