މާސްޓާސް ނިންމާލައި، ރާއްޖެ އައުމުގެ އިންތިޒާރުގައި ހުއްޓާ ލުޖައިނާ ނިޔާވެއްޖެ
ފޮރިން މިނިސްޓްރީގެ ޒުވާން، އުއްމީދީ މުވައްޒަފެއް ކަމަށްވާ ލުޖައިނާ ތަސްނީމް، 29، އޭނާގެ މާސްޓާސް ޑިގްރީ ފުރިހަމަކޮށް ގައުމަށް އެނބުރި އައުމަށް ތައްޔާރުވަމުން ދަނިކޮށް ޖަޕާނުގައި ނިޔާވެއްޖެ އެވެ.
އޭނާގެ ކިޔެވުން ނިމިފައިވާއިރު، އަންނަ އޮކްޓޯބަރު މަހު އޮންނަ ގުރެޖުއޭޝަން ރަސްމިއްޔާތަށް ފަހު ރާއްޖެ އައުމަށް ހުރީ ތައްޔާރުވެގެންނެވެ.
ލުޖައިނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ، އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓްގެ ތެރެއިންނެވެ. މިކަން އެނގިފައިވަނީ އާއިލާއަށް އޭނާގެ ޚަބަރެއް ނުވެ ދެ ދުވަސްވުމުންނެވެ. ބ. ތުޅާދޫ، ކާނިމާގެއަށް ނިސްބަތްވާ ލުޖައިނާ ޖަޕާނަށް މަތީ ތައުލީމަށް ދިޔައީ މީގެ ދެ އަހަރު ކުރިންނެވެ.
Ads by BMLލުޖައިނާގެ ހަށިގަނޑު ވީހާވެސް އަވަހަށް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.
Ads by MACL
