ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މެމްބަރު ސިނާގެ ގޮނޑި ގެއްލޭ ހާލަތެެއްނެތް، ހުކުމާއި އެއްގޮތަށް ފައިސާ ވަނީ ދައްކައި ނިންމާފައި

ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ސިނާ
ހިތަދޫ އުތުރު ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ސިނާ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާގެ ގޮނޑި ގެއްލިއްޖެކަމަަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކައެއްކަން ކަށަވަރު ވެއްޖެއެވެ.

އިތުބާރު ހުރި ފަރާތަކާއި ހަވާލާދީ އެނގިފައިވާ ގޮތުގައި ސިނާ އަދި އެހެން ބައެއް ހިމެނޭހެން އެމްއައިބީ ނަގާފައިވާ ލޯނުގެ ނުދެއްކި ވާ ފައިސާ ދެއްކުމަށް މިދިޔަ އަހަރު ފަހުކޮޅު ހުކުމެއް ކުރިކަމަށެވެ. ހުކުމުގައި ވާގޮތުން މިއަހަރު އޭޕްރިލްގެ ކުރިން ފައިސާ ދައްކަންޖެހެއެވެ. އެހެންކަމުން ހުކުމުގެ މުއްދަތުގެ މާކުރިން ސިނާ ވަނީ އެފައިސާ ބޭންކަށް ދައްކައި ހަލާސްކޮށްފައެވެ.
އަޅުގަނޑުމެންނަށް ކަށަވަރުވާ ކަމަކީ ހުުކުމުގެ މުއްދަތް އިނީ އޭޕްރިލް 2025 ގައި ނިމޭގޮތަށް. މި މުއްދަތަށްވުރެ ކުރިން ސިނާ ވަނީ މި ފައިސާ ދައްކާފައި
މިމައްސަލައާއި ގުޅިގެން އިތުރު މަހުފޫމްތަކެއް ވެސް ވަނީ ތިލަވެފައެވެ. ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންގެ ތަފްސީލީ މައުލޫމާތަކަށް ބަލާއިރު މިމަސައްލައިގައި މެމްބަރުގެ ގޮނޑި ގެއްލޭނެ އެެއްވެސް ހާލަތެއް ނެތެވެ.

ދަރަށްޏެއް އޮތް ނަމަ އެދައްކަންވާނެ. ގޮނޑި ކަށަވަރު ކުރަނީ ގާނޫނު އަސާސީން ކަމަށްވާއިރު، ސާބިތު ދަރަނީގެ މަހްފޫމްގައި ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތަކީވެސް، ގާނޫނު އަސާސީން ކަށަވަރުކުރާ ކަމެއް. ހުށައެޅިގެން އުޅޭ މައްސަލާގައި، ސާބިތު ދަރަނީގެ މަހްފޫމުގައި، ހިތަދޫ އުތުރު ދާއިރާގެ ގޮންޑި ގެއްލޭނެ ގާނޫނީ ހުއްޖަތެއްނެތް.

މައްސަލާގައި ބުނަނީ، ބައިވެރިން ތަކަކާއެކު ލޯނު ނެގުމަށް ފަހު އެ ނުދައްކާގެން، ދެއްކުމަށް ހުކުމް ކުރާ ކަމަށެވެ. އަދި ދަރަނި ބަރާބަރަށް ނުދައްކާކަމަށެވެ. 

މިމައްސަލާގައި ގޮންޑި ގެއްލޭނެ ހުއްޖަތެއް ނެތުމަކީ، މައުނަވީ ގޮތެއްގައި،  ބަޔަކާއެކު ބައިވެރިވެ ލޯނު ނަގާފައިވާނަމަ، ބައިވެރިވީ ބައެއްގެ މައްޗަށް ހުކުމް އޮތުމެވެ. މި މައްސާލާގައި ކުރިއަށް ދެވޭނީ، ހަމައެކަނި އެހުކުމް، ވަކި ފަރުދަކަށް އެކަނި ނިސްބަތްވާނަމައެވެ. 

ދެވަނަ ކަމަކީ، އުތުރު ދާއީރާގެ މެންބަރު ސިނާނުގެ މައްޗަށް އެކަނި އެހުކުމް އޮތްތޯ. ހުށައަޅާފައިވާ ލިޔެކިއުމުން އެނގޭގޮތުގައި އެލިޔެ ކިއުމުގައި ބުނަނީ (ބަޔަކާއެކުގައެވެ) އެހެން ވެއްޖެނަމަ، ޖުމްލަ ހުކުމްއޮތީ އެ އެއްމެންގެ މައްޗަށް ކަމަށް ވުމެވެ.  ބައިވެރިވި މީހުންގެ ތެރެއިން ވަކި މީހަކަށް ވަކިވަރެއް  ވަކިއަދެއް ދެއްކުމަށް  ހުކުމުގައި ނުވާކަމެވެ. ހުކުމް ލާޒިމް ކުރަނީ، އެ އެއްމެންގެ މައްޗަށެވެ. ދެންއޮތީ، މިލޯނުނެގީ ކުންފުންނަކުންތޯ. ބަޔަކާ އެކީ ސިފަޖުރަނީ ކުންފުންޏެއްގެ މާނާގަތޯ؟

އެހެން ވެއްޖެނަމަ، ކުންފުނި ވަކިޝަހުސަކަށް ވުމުން، އެކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ލާޒިމްވާ ޖުމްލައަކީ، އުތުރުދާއިރާގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅޭނެ  ގާނޫނީ ހުއްޖަތެއްނުން. 

މީ ސިނާގެ ވާހަކައެއް ނުން. މީގާނޫނީ މައިގަނޑު މަސްދަރުގެ ނަޒަރިއްޔާއިން ގާނޫނީ ބޭފުޅަކު އަމިއްލަފުޅަށް ނެރެފައިވާ ރަޢުޔެކެވެ.

ހިތަދޫ އުތުރަކީ އެމްޑީޕީން ވަކި ހިއްޕާލާފައިއޮތް ދާއިރާއެކެވެ. އެހެންނަމަވެސް ސިނާ އެދާއިރާއަށް ނިކުމެ ބޮޑު ތަފާތަކުން ވަނީ އެމްޑީޕީގެ މައްޗަށް ކުރިހޯއްދަވާފައެވެ. ސިނާ އާއި ވާދަކުރެއްވީ ކުރީގެ މަޖިލިސް ރައީސް އަސްލަމެވެ.