ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނެއްލައިދޫއަށް ޒަމާނީ ފަސޭހަތަކާއެކު 500 މީހުންގެ ޖާގައިގެ މިސްކިތެއް!

ނެއްލައިދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު-- ފޮޓޯ / ރައީސް އޮފީސް
ނެއްލައިދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު-- ފޮޓޯ / ރައީސް އޮފީސް

ހދ. ނެއްލައިދޫގެ ރައްޔިތުންނަށް ޒަމާނީ ފަސޭހަތަކާއެކު، އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ޢިމާރާތް ކުރުމަށް ބިންގާ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ނެއްލައިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި މަޝްރޫޢު ނިމޭއިރު، މިސްކިތް ފުރިހަމައަށް އެއަރކޮންޑިޝަންކޮށް، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ގޮތުން ސޯލާ ޕެނަލް ހަރުކުރެވިފައި ހުންނާނެއެވެ. އަދި ދީނީ ޢިލްމު އުނގެނުމަށް ޚާއްޞަ ކުލާސްރޫމަކާއި ލައިބްރަރީއެއްވެސް މި މިސްކިތުގައި ޤާއިމުކުރެވޭނެއެވެ.

ނެއްލައިދޫގެ ރައްޔިތުންނަށް މި ލިބިގެންދާ މުހިންމު ޚިދުމަތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.