އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނައިބު ރައީސްކަމުގެ މަޤާމަށް ދިވެހިރާއްޖެ ހޮވިއްޖެ
އެކުވެރި ދަޢުލަތްތަކުގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލް (ޔޫ.އެން.އެޗް.އާރް.ސީ) ގެ ނައިބު ރައީސްކަމުގެ މަޤާމަށް ދިވެހިރާއްޖެ ހޮވި، ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ޒިންމާއެއް އަދާކުރަން ފަށައިފިއެވެ. މިގޮތުން، 2025 ވަނަ އަހަރުގެ ބާކީ އޮތް މުއްދަތަށް މި މަޤާމު ރާއްޖެއަށް ލިބިފައިވާއިރު، އޭޝިއާ-ޕެސިފިކް ގްރޫޕް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތުވެސް ރާއްޖެއިން އަދާކުރާނެއެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ރާއްޖެއިން އަބަދުވެސް ވަމުން އައި ވަޢުދުތައް އިތުރަށް ބާރުވެރިކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމުކޮށް، އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ރާއްޖެ އިތުރަށް ސާބިތުވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
https://twitter.com/MMuizzu/status/1960004799417729151?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1960004799417729151%7Ctwgr%5Eecc3a840f15c2d2da7cdd122cf3c51fd8a557097%7Ctwcon%5Es1_&ref_url=https%3A%2F%2Fpublish.twitter.com%2F%3Furl%3Dhttps%3A%2F%2Ftwitter.com%2FMMuizzu%2Fstatus%2F1960004799417729151ރައީސްގެ ޕޯސްޓުގައި، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ފޯރަމްތަކުގައި އަބަދުވެސް އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޤައުމެއްކަން ފާހަގަކުރައްވާފައިވެއެވެ. ޚާއްޞަގޮތެއްގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ޙައްޤުތަކުގެ ދިފާޢުގައި ރާއްޖޭގެ އަޑު އަބަދުވެސް ވަރުގަދަކަމަށާއި، އެ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ނަމޫނާއެއް ދައްކާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
Ads by BMLމީގެ އިތުރުން، ދުނިޔޭގެ ކޮންމެ ފަރުދަކަށްވެސް އިންޞާފާއި ހަމަހަމަކަން ލިބިގެންވާ، އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ދެއްވިއެވެ.
Ads by MACL
