ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން، ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް!
ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު، ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ އެޑްވައިޒަރުގެ މަގާމަށް ސަރުކާރުން އައްޔަންކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކަށަވަރުކޮށްދޭ ގޮތުގައި، މިނިސްޓަރު ފެންވަރުގައި އޭނާ އެ މަގާމަށް އައްޔަންކުރެއްވި ނަމަވެސް، މަގާމާ ހަވާލުވެވަޑައިގެންނެވި ސީދާ ތާރީހެއް އަދި ސާފެއް ނުވެއެވެ.
ހަމްދޫން އަކީ ދިވެހި ސިޔާސީ މައިދާނަށް އައު ބޭފުޅެއް ނޫނެވެ. އޭނާ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ޕްލޭނިން މިނިސްޓަރުކަން ކުރައްވާފައެވެ. އޭގެ ފަހުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމު ފުރުއްވިއިރު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ވެސް އޭނާ ކުރިން ކުރައްވާފައިވެއެވެ.
Ads by BMLޕްލޭނިންގެ ދާއިރާއަކީ ހަމްދޫން އެންމެ ބޮޑަށް ހާއްސަވެވަޑައިގެންފައިވާ ދާއިރާއެވެ. އޭނާ އަކީ ރައީސް މައުމޫންގެ ވެރިކަމުގެ ނުފޫޒުގަދަ އެއް ވަޒީރު އަދި އެޓޮލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދުގެ ދަރިކަލުންނެވެ.
Ads by MACL
