ތުލުސްދޫ ކައިރީގައި ދޯންޏެއް ބަންޑުންޖަހާލި ހާދިސާއެއްގައި މީހަކު މަރުވެއްޖެ
ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުންޖަހައިލައިގެން ހިނގި ހިތާމަވެރި ހާދިސާއެއްގައި މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަ މީހުންގެ ތެރެއިން ގެއްލުނު މީހާ ފަހުން ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިކަން ކަށަވަރުކޮށްދެމުން ބުނީ، 'ލިއޯ' ނަމަކަށް ކިޔާ އެ ދޯނި ބަންޑުންޖަހާލި ޚަބަރު ލިބުމާއެކު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަން އިން ހަރަކާތްތެރިވި ކަމަށެވެ.
Ads by BMLއެ ހާދިސާއިން ފަސް މީހަކު ސަލާމަތްވެފައިވާއިރު، ގެއްލިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ފަހުން ފެނިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުންނާއި، ތުލުސްދޫ ކައުންސިލް އަދި އެރަށު ސިއްހީ މަރުކަޒުން އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by MACL
