ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ ހުޅުވުމުގެ ލެޖެންޑް މެޗުގައި މެމްބަރު އަލީ އިބްރާހީމް ކައްޕިއަށް ސީރިއަސް އަނިޔާއާއިއެކު ވަގުތުން އޮޕަރޭޝަނަކަށް!
ކަނޑުހުޅުދޫ ސްޕޯޓްސް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅުނު މެޗުގައި މެމްބަރު އަލީ އިބްރާހީމް (ކައްޕި)އަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ރާއްޖޭގެ ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އިބްރާހީމް (ކައްޕި) އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން ކަނޑުހުޅުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ ހޯސްޓް ކުރާ އާރްޑީގެ ރައީސްވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
އާރްޑީގެ ރައީސް އިފްނާން މައުލޫމާތު ދެއްވިގޮތުގައި ކައްޕިއަށް މި އަނިޔާވީ، ގއ. ކަނޑުހުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "ސްޕޯޓްސް ފިއެސްޓާ 2025" ހުޅުވުމުގެ ގޮތުން ބޭއްވި ފުޓްސަލް މެޗެއްގައި އޭނާ ކުޅެމުން ދަނިކޮށެވެ.
Ads by BMLމި ފުޓްސަލް މެޗަކީ، ފިއެސްޓާ ފެށުމުގެ ގޮތުން، ރާއްޖޭގެ ފުޓްބޯޅައިގެ ރަން ޒަމާނުގެ ގައުމީ ލެޖެންޑުންތަކެއް ހިމެނޭ ޓީމަކާއެކު ކުޅެވުނު މެޗެކެވެ. ކައްޕިގެ އިތުރުން މި ލެޖެންޑުންގެ ޓީމުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާއި، އިމްރާން މުޙައްމަދު އާއި، މުޙައްމަދު އުމައިރުއާއި، އަދި އަލީ ޝިޔާމް (ހުރާ އައްޔަ) ފަދަ ތަރިން ހިމެނެއެވެ.
މީގެ އިތުރުން ކަނޑުހުޅުދޫއަށް އުފަން ކުރީގެ ގައުމީ ކުޅުންތެރިޔާ ފަރީދު މުޙައްމަދު (ފަރިއްޓޭ) ވެސް ވަނީ މި މެޗުގައި ބައިވެރިވެފައެވެ.
ކަނޑުހުޅުދޫ ކައުންސިލުން އާރްޑީ ސްޕޯޓްސް ކުލަބާ ގުޅިގެން ބާއްވާ މި ފިއެސްޓާގެ މަގްސަދަކީ، ރަށުގެ ކުޅިވަރުގެ ރޫޙު އާލާކޮށް، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމެވެ. ލެޖެންޑުންގެ މެޗް ބޭއްވީ ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މެޗް ކުޅުމުގެ ތެރޭގައި އަނިޔާވި ކައްޕި ވަނީ ޓްރީޓޮޕްގައި ފަރުވާދީ އަވަސް ސާޖަރީއެއް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައްޕިގެ ފައިގެ މައިނާރުވަނީ ކަނޑައިގެން ގޮސްފައެވެ. އަދި ރިކަވާވާން މަސް ދުވަސް ނަގާނެއެވެ.
Ads by MACL
