މެމްބަރު މުހައްމަދު އިސްމައިލްގެ އިސްނެގުމާއިއެކު ވިލިމާލެ ރައްކާތެރި ސާފުވެއްޓަކަށް!
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ވިލިމާލޭ ސާފުކުރުމަށް "ސާފު ވިލިމާލެ ރައްކާތެރި ވެށި" ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ.
"ސާފު ވިލިމާލެ ރައްކާތެރި ވެށި" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މައްސައްކަތްތަކާބެހޭ ވުޒާރާއާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަދަނީ ޖަމްޢިއްޔާ
މެންބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ، މި ހަރަކާތަކީ ރޯދައަށް ވިލިމާލެ ސާފުކުރުމަށްކުރިއަށް ގެންދާ ހަރަކާތެއްކަމަށާއި، މި ހަރަކާތުގައި މީހުންނަށް އުނދަގޫވާގޮތަށް ކުނި ޖަމާވެފައިވާ ސަރަހައްދުތައް ސާފުކުރާނެ ކަމަށެވެ.
Ads by BMLއިއްޔެ ހެނދުނު 9 އަކުން އިރުއޮއްސި 6 އަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވިލިމާލޭގެ ސިނާއީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ސަރަހައްދުތަކެއް ސާފުކުރުމުގެ އިތުރުން ގޭބީސީތަކުގައި ހުރި ކުނިތައްވެސް ސާފުކުރާނެކަމަށް މެންބަރު ވިދާޅުވިއެވެ.
Ads by MACL
