ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރިސޯޓުގައި ނިޔާވި އަދީލްގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު ރާއްޖެ ގެނެސް ވަޅުލައިފި

ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު އަދީލް.-- ފޮޓޯ: ފޭސްބުކް
ރިސޯޓުގައި މަރުވެފައި އޮއްވާ ފެނުނު އަދީލް.-- ފޮޓޯ: ފޭސްބުކް

ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ނިޔާވެފައި އޮއްވާ ފެނުނު ކ. ގުރައިދޫ، ތަނޑިރަތްމާގެ، އަދީލް އަހުމަދު (21) ގެ ހަށިގަނޑު ރޭ ފަތިހު ރާއްޖެ ގެނެސް ފަސްދާނުލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. އޭނާގެ މަރުގެ ހަޤީޤަތް ހޯދުމަށް ފުލުހުންގެ ތަހުގީގުގެ ދަށުން ވަނީ އިންޑިއާއަށް ފޮނުވައިގެން އޮޓޮޕްސީ ހަދާފަ އެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އަދީލްގެ އޮޓޮޕްސީ ހެދުމަށްފަހު އިއްޔެ އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގައި ފުލުހުން ޝައްކުކުރާ ކަމެއް އޮތް ކަމަކަށް އޭނާ ވިދާޅުވެފައެއް ނުވެ އެވެ. އަދި އޮޓޮޕްސީ ހެދުމަށް އާއިލާގެ ނުރުހުން އޮތް ކަމަށް ބުނެފައިވާއިރު، އެކަން ކުރީ ކީއްވެކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަދީލްގެ މަރުގެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިދިޔަ މަހުގެ 23 ގަ އެވެ. އެއަށްފަހު، މި މަރުގެ ތަހުގީގަށް ޕޯސްޓުމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ވަނީ ފޮނުވާފަ އެވެ. މިފަދަ ހާލަތްތަކުގައި، ޖިނާއީ ތަހުގީގަށް މަޢުލޫމާތު ހޯދުމަށް އޮޓޮޕްސީ ހެދުމަކީ ބައެއް ފަހަރު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.