ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާގޮތަށް ހަމަޖައްސައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާރޭ ކޭތަ ނަމާދު ކުރާގޮތަށް ހަމަޖައްސައިފި

މާދަމާ ރޭ ފެންނަ ފުރިހަމަ ހަނދުކޭތަ އާއި ބްލަޑް މޫން އާ ގުޅިގެން ރާއްޖޭގެ އެންމެހާ ރަށްތަކުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ނަމާދު ކުރާނެ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މާދަމާ ރޭގެ 11:12 ގައެވެ. ކޭތަ ނަމާދު ކުރާނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައެވެ.

ރާއްޖެ ގަޑިން މާދަމާ ރޭ 8:28 ގައި ހަނދުކޭތަ ފެށި، އެންމެ ބޮޑަށް ކޭތަ ހިފާފައި ހުންނާނީ 11:11 ގައެވެ. މި ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގައެވެ. މުޅި އޭޝިއާ، ޔޫރަޕް އަދި އެފްރިކާ ސަރަހައްދަށް ވެސް މި ފުރިހަމަ ހަނދުކޭތަ އާއި ބްލަޑް މޫން ފެންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ނަމާދުގެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައެވެ.

ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.