ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހާލަތު ދެނެގަންނަނީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (MACL) އިން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (VIA) ހިންގާ MACL އަށް، މިދިޔަ މަހު ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (RACL) އިން ހިންގަމުން އައި ނުވަ އެއާޕޯޓްގެ އޮޕަރޭޝަން ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުން RACL އާއި MACL އެއްކޮށްލަން ނިންމުމާ ގުޅިގެން މި ބަދަލު އައިސްފައިވާ އިރު، މިހާރު MACL އިން މިވަނީ އެއާޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ.
MACL އިން ބުނި ގޮތުގައި، މި މަސައްކަތުގެ ދަށުން އެކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމެއް ވަނީ އަލަށް ހަވާލުވި ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ޒިޔާރަތްކޮށް، އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ، ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރަން ފަށާފައެވެ. މިގޮތުން، މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް އެ ޓީމުން ޒިޔާރަތްކޮށް، އެ ތަނުގެ ހާލަތު ބެލުމުގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައިވެއެވެ.
Ads by BMLޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ރަނގަޅުކުރުމަށް MACL އިން މަސައްކަތް ފަށާފައިވާއިރު، މީގެ ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގާ އެއާޕޯޓްތަކުގެ ޚިދުމަތުގެ ފެންވަރު ދަށްވެގެން ގިނަ ޝަކުވާތަކެއް ވަނީ އާންމުންގެ ފަރާތުން ހުށަހަޅާފައެވެ. MACL އަށް އެއާޕޯޓްތައް ހިންގުން ހަވާލުކޮށްފައިވާއިރު، އެ ކުންފުނިން މިހާރު ގެންދަނީ ކުންފުނީގެ މެންޑޭޓުގައި ނުހިމެނޭ ގިނަ ރަށްތަކެއްގައި ފިޓްނަސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
Ads by MACL
