ގެދޮރުވެރިޔާ މަޝްރޫޢުގެ 4،000 ފްލެޓަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން ހުޅުވާލައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ވަނީ ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން އެޅި 4،000 ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ ފަރާތްތަކަށެވެ. އެފްޑީސީން ވަނީ މިކަން މެސެޖެއް މެދުވެރިކޮށް މި ފަރާތްތަކަށް އަންގާފައެވެ. އެ މެސެޖުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއްބަސްވުމާ އެއްގޮތަށް ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް މިހާރު އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ދެއްކޭނެއެވެ.
މި ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ހައުސިން މިނިސްޓްރީން ވިދާޅުވެފައިވަނީ މިމަހުގެ ނިޔަލަށް ފްލެޓްތަކުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.
Ads by BMLފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްދަނީ ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކު، ފެނާއި ކަރަންޓާއި ގޭހާއި ކޭބަލް ފަދަ އަސާސީ ހިދުމަތްތަކަށް ވެސް އެފްޑީސީން ރަޖިސްޓްރީކޮށްދެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ތަފްސީލްތައް:
-
ދެ ކޮޓަރީގެ އެޕާޓްމަންޓް:
-
ކުލި: 7،000ރ.
-
މެއިންޓެނަންސް ފީ: 1،000ރ.
-
ސެކިއުރިޓީ ޑިޕޮސިޓް: 15،000ރ.
-
-
ތިން ކޮޓަރީގެ އެޕާޓްމަންޓް:
-
ކުލި: 9،500ރ.
-
މެއިންޓެނަންސް ފީ: 1،500ރ.
-
ސެކިއުރިޓީ ޑިޕޮސިޓް: 25،000ރ.
-
ފްލެޓް ލިސްޓާ ގުޅޭގޮތުން:
މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓާ ބެހޭގޮތުން ކުރީގެ ސަރުކާރުން އިއުލާނުކުރި ލިސްޓް މި ސަރުކާރުން ވަނީ ރިވިއުކޮށްފައެވެ. ފުރަތަމަ މި ސަރުކާރުން ވަނީ ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މިދިޔަ އެޕްރީލް މަހު އާންމުކޮށްފައެވެ. ނަމަވެސް ފުރަތަމަ ލިސްޓަށް ބަދަލުތައް އައުމުން ކަންބޮޑުވުންތަކެއް ފާޅުކުރުމާ ގުޅިގެން މި ސަރުކާރުން ނިންމީ 2023 ނޮވެމްބަރު މަހު އާންމުކުރި ލިސްޓަށް ފްލެޓް ދިނުމަށެވެ.
ގެދޮރުވެރިޔާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
Ads by MACL
