ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުރީގެ ކުޅިވަރު ވަޒީރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

ކުރީގެ ކުޅިވަރު ވަޒީރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

ނިމިދިޔަ ސަރުކާރުގެ ކުޅިވަރު ވަޒީރު މަހުލޫފް އެމްޑީޕީގެ މެމްބަރު  ކަމުން ވަކި ވަޑައިގެންފިއެވެ.


2015 ވަނަ އަހަރުން ފެށިގެން ތިޔަ ބޭފުޅުންނާއެކު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް ރައީސް [އިބްރާހިމް މުހައްމަދު] ސޯލިހު ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގެ ބައިވެރިއެއްގެ ގޮތުން އެމަނިކުފާނުގެ ކެބިނެޓުގައި ގިނަ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބުނީތީ ޝުކުރު އަދާކޮށް، އުފާ ކުރަން،" މަހްލޫފް



މަހްލޫފް ޗެއާޕާސަން ފައްޔާޒު އިސްމައިލް އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގަ އެވެ. ނަމަވެސް އޭގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ދިޔައީ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަމުންނެވެ.


އެމްޑީޕީގެ ސަރުކާރުގައި މަހްލޫފް ހުންނެވީ ޔޫތު މިނިސްޓަރުގެ މަގާމުގަ އެވެ. މިހާރު މަހުލޫފް ވަޑައިގަންނަވަން އުޅުއްވަނީ ވެސް ޔޫތު ނުވަތަ ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް މަގާމަކަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.