"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ނަމުގައި ކުންފުންޏެއް އުފައްދަވައިފި
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނައުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އާ ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފިއެވެ.
މިކުންފުނި އުފެއްދެވީ، ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މިކުންފުނީގެ މައިގަނޑު މަގުސަދަކީ ޑޮކްޓަރީ ބޭހާއި، ސިއްހީ ކޮންޒިއުމަބަލްސް (ބޭނުންކޮށް ހުސްވާ ތަކެތި) އާއި، މެޑިކަލް އިކުއިޕްމަންޓް (ސިއްހީ ހިދުމަތުގައި ބޭނުންކުރާ ސާމާނު) ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. މީގެ އިތުރުން، މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ހިންގުމަކީވެސް މިކުންފުނީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
Ads by BMLދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވޭ މިކުންފުންޏަކީ، ރާއްޖޭގެ ރައްޔިތުންނަށް ފަސޭހައިން ބޭހާއި ސިއްހީ ހިދުމަތްތަކުގެ ތަކެތި ލިބޭނެ މަގެއް ހުޅުވައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by MACL
