ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެސްޓީއޯއިން އޮރެންޖް ކިލޯއެއް 35 ރުފިޔާއަށް ވިއްކަން ފަށައިފި

އެސްޓީއޯއިން އޮރެންޖް ކިލޯއެއް 35 ރުފިޔާއަށް ވިއްކަން ފަށައިފި

ރާއްޖޭގެ ބާޒާރުގައި އޮރެންޖްގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އާންމުންނަށް ހެޔޮ އަގެއްގައި އޮރެންޖް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

މިހާރު އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ފިހާރައިން އޮރެންޖް ކިލޯއެއް ވިއްކަނީ އެންމެ 35 ރުފިޔާއަށެވެ. މިއީ މިފަދަ ދަނޑިވަޅުތަކުގައި އާންމުންނަށް ދިމާވާ ދަތިކަން ކުޑަކުރުމަށް އެސްޓީއޯއިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު އިތުރު މަސައްކަތެކެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތަކެއްގެ އަގު އުފުލި، ލިބުން ދަތިވި ދަނޑިވަޅުތަކުގައި އެސްޓީއޯއިން ވަނީ އެ ބާވަތްތައް ރާއްޖެއަށް ގެނެސް ހެޔޮ އަގުގައި ވިއްކާފައެވެ. އެގޮތުން ދާދިފަހުން ފިޔާ ލިބުން ދަތިވެ، އަގު ބޮޑުވުމުގެ ސަބަބުން އެސްޓީއޯއިން ފިޔާގެ ޝިޕްމަންޓެއް ގެނެސް އާންމުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނެވެ.