ރަޝިއާގެ ބިންހެލުމުގެ ނުރައްކާ ރާއްޖެއަށް ނެތް: މެޓް އޮފީސް
މިއަދު ރަޝިއާގެ ކަމްޗަޓްކާގެ އިރު އުތުރު އައްސޭރިއަށް އައި 7.2 މެގްނިޓިއުޑްގެ ބިންހެލުމުގެ ސީދާ ނުރައްކާއެއް ރާއްޖެއަށް ނެތް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.
މި ބިންހެލުން އައިސްފައިވަނީ މާލެއާ ގާތްގަނޑަކަށް 9,421 ކިލޯމީޓަރު ދުރުންނެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށާއި، ރައްޔިތުން ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
Ads by BML
Ads by MACL
