ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މި އަހަރުގެ ޓޫރިޒަމް އަމާޒާ ގާތަށް ރާއްޖެ، 13 ދުވަހުން 62،000 އަށް ވުރެ ގިނަ ފަތުރުވެރިން

މި އަހަރުގެ ޓޫރިޒަމް އަމާޒާ ގާތަށް ރާއްޖެ، 13 ދުވަހުން 62،000 އަށް ވުރެ ގިނަ ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި 62,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއާއެކު މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ ޢަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ ޖުމުލަ 7 ލައްކަ ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޢަމާޒު ހާސިލްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި 62,027 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މި އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 18.7% އިތުރެވެ. މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދު ވަނީ 1.5 މިލިއަނަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.4 މިލިއަން ފަތުރުވެރިންނާ އަޅާ ބަލާއިރު 9.7% އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން 245,553 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން 186,263 ފަތުރުވެރިންނެވެ. އޭގެ ފަހުގައި އިނގިރޭސިވިލާތުން 138,869 ފަތުރުވެރިން، އިޓަލީން 108,837 ފަތުރުވެރިން އަދި ޖަރުމަނުން 106,919 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިދިޔަ 13 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރަމުންދާކަން ހާމަވެއެވެ.