ޖަރުމަނުގައި އެއްޗެއް ގޮވުމުގެ ހާދިސާއެއްގައި ހާލުދެރަވި ދިވެހި ޒުވާނާ ނިޔާވެއްޖެ
ޖަރުމަނުގެ މިއުނިކްގައި މިދިޔަ މަހު ހިނގި ގޮވުމެއްގެ ހާދިސާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ދިވެހި ޒުވާނާ، ފައްޔާޒް ދާއޫދު މިއަދު ނިޔާވެއްޖެއެވެ.
ބ. ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް މަރުވީ މިއުނިކްގެ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ.
Ads by BMLމިދިޔަ މަހުގެ 8 ވަނަ ދުވަހު ހިނގި މި ހާދިސާގައި ފައްޔާޒްގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ އަނދާފައެވެ. އޭގެ އިތުރުން ފައިގެ ކުޑަކަޅުވާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސިކުނޑިއަށް ވެސް އަސަރުކޮށްފައިވާ ކަމަށް އޭނާގެ ގާތް އެކުވެރިއަކު "ސަން" އަށް މައުލޫމާތު ދިނެވެ. ފުރަތަމަ އޭނާގެ ހާލު ރަނގަޅުވަމުން ދިޔަ ނަމަވެސް، ކުއްލިއަކަށް ހާލު ދެރަވެ އޮކްސިޖަން ހިފެހެއްޓުމަށް އުނދަގޫވެ، ނިޔާވީ ކަމަށް އެ އެކުވެރިޔާ ބުންޏެވެ.
ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކައިޓްސާފަރުންގެ ތެރޭގައި ހިމެނޭ ފައްޔާޒް ދިރިއުޅެމުން އައީ ޖަރުމަނުގައެވެ. އޭނާ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަ އިރު، މި ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް އަދި ހާމައެއް ނުވެއެވެ.
Ads by MACL
