ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހެޔޮ ނަސޭހަތާއި ލޯތްބާއިއެކު ވިލިމާލެ ކޮންމެ ގޭބިސީއަކަށް މެމްބަރު މުހައްމަދު އިސްމައިލް ރޯދަ ހަދިޔާ ފޮނުވަނީ!

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް

ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް ރަމަޞާން މަރުހަބާއާއި ތަހުނިޔާ ފޮނުއްވައި ކޮންމެ ގޭބިސީއަމަށް ރޯދަ ހަދިޔާ ދިނުމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އިސްމައިލް ނިންމައިފިއެވެ.

މެމްބަރު މުހައްމަދު އިސްމައިލް ދާއިރާގެ ރައްޔިތުންނަށް ދެއްވި ނަސޭހަތަކީ ބަރަކާތްތެރި رمضان މަހުގެ މަތިވެރި އަޅުކަން އޭގެ އެންމެ ފުރިހަމަގޮތުގައި ފަސްވަގުތު ޖަމާޢަތުގައި ނަމާދުކުރުމަށާއި ގިނަގިނައިން ޤުރުއާން ކިޔެވުމަށާއި ޛިކުރުކުރުމަށާއި ހެޔޮކަންތައްތަކަށް އަމުރުކުރުމަށާއި ނުބައިކަންތައްތައް ނަހީކުރުމަށާއި އާއިލީގުޅުން ބަދަހިކުރުމަށާއި އެކަކުއަނެކަކަށް އެހީތެރިވުމަށާއި ހީވާގިކަމާއެކު ރޭއަޅުކަންކުރުމަށް  ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އަދި ވިލިމާލެ ދާއިރާގެ ރައްޔިތުންނަކީ ހީވާގި ބައެއް ކަމަށެވެ. އަދި ރައްޔިތުންނަށް ރޯދަ ހަދިޔާއެއް ދެެއްވުމަކީ ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

އެހެންކަމުން މި ހަފްތާގެ ތެރޭގައި ކޮންމެ ގޭބިސީއަކަށް ބިސްކޭހެއް ދެއްވާނެކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމައިލް ފާހަގަ ކުރެވިފައިވަނީ އެދާއިރާގެ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅިގެން އުޅުއްވާ މެމްބަރެއްގެ ގޮތުގައެވެ. މި ފަހުން ޒުވާނުންނާއި ގުޅޭ މައްސަލަތައް ދެނެގަތުމަށް މިނިސްޓަރު ރާއްޕެ ގޮވައިގެން ވަނީ ވިލިމާލެ މުވައްސަސާތަކަށް ޒިޔާރަތް ކޮށްފައެވެ.