ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޑީޕީ މިހާރު ބިރުގަންނަނީ ކުރިއަށް އޮތް އިންތިޚާބުތަކުން ބަލިވާނެކަން އެނގޭތީ: ޝުޖާއު

އެމްޑީޕީ މިހާރު ބިރުގަންނަނީ ކުރިއަށް އޮތް އިންތިޚާބުތަކުން ބަލިވާނެކަން އެނގޭތީ: ޝުޖާއު

އެމްޑީޕީ މިހާރު ބިރުގަންނަނީ ކުރިއަށް އޮތް އިންތިޚާބުތަކުން ބަލިވާނެކަން އެނގޭތީ ކަމަށް ބާރަށުދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޕީއެންސީއާ ވާދަކުރުމުގެ ހިތްވަރު ނެތްކަން މިހާރު ސާފުވެފައިވާ ކަމަށެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، އޭނާ މިވާހަކަ ދައްކާއިރު އެމްޑީޕީ މެންބަރުންނަށް ވަރަށް އަސަރު ކުރާނެކަމަށާއި، މީގެއިން ހާމަވަނީ ރައީސް މުއިއްޒު އަދި ޕީއެންސީއާ ވާދަކުރުމުގެ ހިތްވަރު އެމްޑީޕީގައި ނެތްކަމެވެ. ރައީސް މުއިއްޒުގެ ސިޔާސަތަކީ ދިވެހިރާއްޖޭގެ ނިޒާމަށް ގެންނަ ކޮންމެ ބަދަލެއްގައި ވެސް ރައްޔިތުންގެ ޚިޔާލު ހޯދުން ކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ، 17 އަހަރު ވަންދެން ނުހެދި އޮތް ޤާނޫނަކަށް އެމްޑީޕީން ދެކޮޅު ހަދަނީ ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުން ނުވާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވަނީ ރިޔާސީ އިންތިޚާބު އައުމުގެ ކުރިން މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބާއްވާނެތޯ ނޫނީ ވަކިންތޯ ބަލައިލަން ޖެހޭ ކަމަށާއި، މިކަމުގައި ރައްޔިތުން ދެކޭ ގޮތް ހޯދުމަށް ގޮވާލާފައެވެ.

އެމްޑީޕީގައި ރިޔާސީ ދައުރު ކުޑަކުރުމުގައި ވެސް، އަދި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހިތްވަރެއް ވެސް ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ. މި ޤާނޫނު އަންނާތީ އެމްޑީޕީން ބިރުން އުޅެނީ އިންތިޚާބުތަކުން ބަލިވެދާނެތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.