މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު 4 ޖަހާއިރު
ރައްޔިތުންގެ މަޖިލިހުގެ ދައުރުން ބޭރުން ބާއްވާ ހަތް ވަނަ ޖަލްސާ މިއަދު ހަވީރަށް ތާވަލު ކޮށްފިއެވެ.
މަޖިލިހުގެ ދައުރުން ބޭރުން ބާއްވާ ހަތް ވަނަ ޖަލްސާ މިއަދު ހަވީރު އޮންނާނެކަން މަޖިލިހުގެ މެމްބަރުންނަށް މިހާރު ވަނީ އަންގައިފައެވެ. މި ޖަލްސާގެ އެޖެންޑާ އަދި ލިބިފައިނުވާ އިރު، ބެލެވޭ ގޮތުގައި އެޖެންޑާގައި އޮންނާނީ މީޑިއާ ބިލް ފާސް ކުރުމާ މެދުގައި ގޮތެއް ނިންމުމެވެ.
މަޖިލީހުގައި އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުން އަންނަ އެއް މަސައްކަތަކީ މީޑިއާ ރެގިއުލޭޝަންގެ ބިލްގެ މަސައްކަތެވެ. އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެހެންވެ، ދެން އޮންނާނީ ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ހުށަހެޅުމެވެ.
Ads by BMLމިއީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
Ads by MACL
