މީޑިއާ ބިލް ފާސްކުރުމަށް ގޮވާލާ, މުޒާހަރާ ކުރަން ފަށައިފި
މީޑިއާ ބިލް ފާސްކުރުމަށް އެދި ރައްޔިތުންގެ މަޖިލިސް ކައިރިއަށް މީހުން އެއްވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރަށް އެއްވެ ތިބި މީހުން ދަނީ މީޑިއާ ބިލް ފާސްކުރުމަށް ގޮވާލަމުންނެވެ.
އަދި އެ ބިލް ފާސްކުރުމަށް ގޮވާލާ ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފަހައްޓައިގެން އެބަތިބިއެވެ.
Ads by BMLމީޑިއާ ބިލް ފާސްކުރުމަށް ގޮވާލާ މުޒާހަރާ ފަށާފައިވާއިރު މިއަދު މީޑިއާ ބިލް މިއަދު ފާސްކޮށްފާނެތީ އެކަމާ ދެކޮޅަށް ނޫސްވެރިންތަކެއް މަޖިލީހުގެ އިދާރާ ސަރަހައްދުގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ މިޑިއާ ބިލަށް އިސްލާހުތަކެއް ގެނައުމަށް ފަހުގައި ފާސްކޮށްފައެވެ. އަދި މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ މިއަދު ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފައެވެ.
އެއާއިއެކު މިއަދު މީޑިއާ ބިލް މަޖިލީހުން ފާސްކުރަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ނޫސްވެރިންތަކެއް ވަނީ 8:30 ހާއިރު މަޖިލިސް ދޮށަށް އެއްވެ އިހުތިޖާޖް ފަށާފައެވެ. ނޫސްވެރިން ގޮވާލަމުން ދަނީ މީޑިއާ ބިލް ފާސްނުކުރުމަށެވެ. އަދި އެ ބިލް ބޭރުކޮށްލުމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ވަނީ ބެރިކޭޑް ޖަހާފައެވެ. އަދި މަޖިލީހަށް ދެވޭނެ ހުރިހާ މަގެއް ވެސް ވަނީ އިހުތިޖާޖާ ގުޅިގެން ބަންދުކޮށްފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މަޖިލީހަށް ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
Ads by MACL
