ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީޑިއާ ބިލުގެ ސަބަބުން ނޫސްވެރިކަން ތަރައްޤީކޮށް، މީޑިއާ މިނިވަންކަން އިތުރުވާނެ: ޔޫތު މިނިސްޓަރ

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) --
ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) --

ރައްޔިތުންގެ މަޖިލީހުން ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަކީ ރާއްޖޭގެ މީޑިއާ ދާއިރާ ތަރައްޤީކޮށް، ނޫސްވެރިކަމަށް އިތުރު ބާރެއް ގެނެސްދޭނެ ބިލެއް ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

މި ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީފައިވާ، އަދި ގިނަ އިސްލާހުތަކަކާއެކު ފާސްކުރެވިފައިވާ ބިލެއް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އަދިވެސް ދައްކަނީ ބިލަށް އިސްލާހުތައް ގެނައުމުގެ ކުރީގެ ވާހަކަތައް ކަމަށާއި، މިހާރު ފާސްވެފައިވާ ބިލުގައި އެފަރާތްތަކުގެ އެއްވެސް ކަންބޮޑުވުމަކަށް ހައްލު ނުލިބިފައިނުވާނެ ކަމަށެވެ.
މި ބިލުގެ އެންމެ މުހިންމު އެއް ބަދަލަކީ މިހާރު ރާއްޖޭގެ މީޑިއާތައް ބަލަހައްޓަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން އެއްކޮށްލައި، މީޑިއާ ކަންކަން ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމެވެ. އައު ކޮމިޝަނަށް މެންބަރުން އައްޔަންކުރާނީ މީޑިއާތަކުން ހަތަރު މެންބަރުންނާއި، އާންމުކޮށް ހުޅުވާލެވިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން މެންބަރުންނެވެ.
މީޑިއާ ކޮމިޝަނަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައިދޭނެ ކަމަށާއި، މީޑިއާތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް ބިލުގައި ސާފުކޮށް ކަނޑައަޅާފައިވާނެ ކަމަށް މިނިސްޓަރު އަސްވާޑް ވިދާޅުވިއެވެ.

މީޑިއާ ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރާއްޖޭގައި މީޑިއާއެއް ހިންގޭނީ ރަޖިސްޓްރީކޮށްގެންނެވެ. ނަމަވެސް، މި ބިލު ސޯޝަލް މީޑިއާ، ކޮންޓެންޓް ކްރިއޭޓަރުން ނުވަތަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މައްޗަކަށް ނުހިނގާނެކަން މިނިސްޓަރު ވަނީ ސާފުކޮށްދެއްވާފައެވެ.
މި ހަބަރުގެ ތެރެއަށް ފަހަރެއްގައި މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ބަހުސްކުރި މަންޒަރު ދައްކުވައިދޭފަދަ ތަސްވީރެއް ގެނެސްދީފާނަންތޯ؟