މަޑިފުށީގެ އިޚްތިޞާޞް ފުޅާކުރައްވައި، އުފުރިޔާއާއި ކޮޅުފުށި ހިމަނައިފި
ކޮޅުމަޑުލު މަޑިފުށީގެ އިދާރީ އިޚްތިޞާޞް ފުޅާކުރައްވައި، އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި މިހާރު ވަނީ މަޑިފުށީ ކައުންސިލްގެ ދަށަށް ގެނެސްފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސަށް ލިބިދޭ ބާރެއްގެ ދަށުންނެވެ. މިއީ ރައީސް ވެވަޑައިގެންފައިވާ ވަޢުދެއް ފުއްދެވުމުގެ ގޮތުން ކުރެއްވި ކަމެކެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައި، މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި އުފުރިޔާއާއި ކޮޅުފުށި ހިމެނޭކަން ވަނީ ކަނޑައަޅުއްވާފައެވެ.
Ads by BMLމި ޤަރާރާއި، އިޚްތިޞާޞަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ މަތިކުރެވިފައެވެ.
Ads by MACL
