ކޮބާ؟ އައިފޯން 17 ގަންނަންވީ ހަމަ، އުރީދޫއިން މިއޮތީ ޕްރީ އޯޑަރ ހުޅުވާލައިފަ!
އައިފޯން 17 ގަންނަން ތައްޔާރުވެފައިތިބި ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ. އުރީދޫ މޯލްޑިވްސްއިން އެޕަލްގެ އެންމެ ފަހުގެ އައިފޯން 17 ސީރީޒް ޕްރީ އޯޑަރަށް ހުޅުވާލާނެކަން މިވަނީ އިއުލާންކޮށްފައެވެ.
މާދަމާ (19 ސެޕްޓެމްބަރ 2025) ގެ 00:01 އިން ފެށިގެން މޫލީ މެދުވެރިކޮށް މި ފޯނުތައް ޕްރީ-އޯޑަރ ކުރެވޭނެއެވެ. ޕްރީ-އޯޑަރ ކުރާ ފަރާތްތަކަށް އައިފޯންތައް ލިބެން ފަށާނީ ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭގަނޑު 00:01 އިން ފެށިގެންނެވެ.
އުރީދޫއިން ޕްރީ-އޯޑަރަށް ހުޅުވާލާފައިވަނީ އެޕަލްގެ އެންމެ ފަހުގެ އައިފޯން ކަމަށްވާ އައިފޯން 17، އައިފޯން 17 ޕްރޯ އަދި އައިފޯން 17 ޕްރޯ މެކްސްއެވެ. އައިފޯން 17 ގައި 6.3 އިންޗީގެ ސްކްރީނެއް ހިމެނޭއިރު، ޑިސްޕްލޭގެ މަތީގައި އިތުރު ރައްކާތެރި ކޯޓެއް އަޅާފައިވެއެވެ.
Ads by BMLމިއީ އެހެން ފޯނުތަކަށްވުރެ ކޫރުމެއް އެޅުން އުނދަގޫ ފޯނެކެވެ. އޭ19 ޕްރޮސެސަރ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ފޯނުގައި ގޭމް ކުޅޭ ފަރާތްތަކަށް 120 ހާޓްޒްގައި ގޭމް ކުޅެވޭނެއެވެ. އަދި 10 މިނެޓަށް ޗާޖުކޮށްލުމުން 8 ގަޑިއިރަށް ފިލްމު ބެލޭނެކަމަށް އެޕަލްއިން ބުނެފައިވެއެވެ.
އައިފޯން 17 އެއާގައި 6.6 އިންޗީގެ ސްކްރީނެއް ހިމެނޭއިރު، މިއީ މިހާތަނަށް އެޕަލްއިން އުފެއްދި އެންމެ "ތުނި" ފޯނެވެ. އޭ19 ޕްރޯ ޕްރޮސެސަރ ބޭނުންކޮށްފައިވާ މި ފޯނަކީ މިފަދަ ފޯނުތަކަށް ބަލާއިރު އެންމެ އަވަސް ފޯނުކަމަށް އެޕަލްއިން ބުނެފައިވެއެވެ. 48 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭ މި ފޯނަކީ ހަމައެކަނި އީސިމް ބޭނުންކުރެވޭ ފޯނެކެވެ. ޕްރީ-އޯޑަރ ކުރުމުގެ ފުރުސަތުގެ ބޭނުންކޮށްގެން، އެޕަލްގެ މި އެންމެ ފަހުގެ ފޯނު ލިބިގަތުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
Ads by MACL
