ރައްޔިތަކަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެ: ރައީސް މުއިއްޒު
ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ސިޔާސަތެއް ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ފެލިދެ އަތޮޅު ރަކީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކެއްގައެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރަކީދޫ ބަނދަރު ސަރަޙައްދުގައެވެ. މި ބައްދަލުވުމުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އެހެނިހެން ރައްޔިތުންވެސް ބައިވެރިވިއެވެ. ރައީސް ވަނީ ރަކީދޫގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ބައްދަލުވުމުގައި ރަކީދޫ ރައްޔިތުން އެދިފައިވަނީ އެހެން ރަށަކަށް އާބާދީ ބަދަލުކުރުމަށެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، މިކަމުގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ކަމަށެވެ. އަދި މިކަމަށް ރަށުގެ އާބާދީގެ މަދުވެގެން 80 އިންސައްތަ ރައްޔިތުން އެދެންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
Ads by BMLރައީސް ވަނީ ރަކީދޫއަކީ ރަށު ފަތުރުވެރިކަން ތަރައްގީވެ ކުރިއަރަމުން އަންނަ ރަށަކަށް ވާތީ، އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، މި ކަމަށްވެސް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
Ads by MACL
