ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާދޫ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް 400 ކިލޯވޯޓްގެ ޖެނެރޭޓަރެއް ފޮނުވަނީ

ޖެނެރޭޓާސެޓް ލޯޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ---
ޖެނެރޭޓާސެޓް ލޯޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ---

ރ. ރަސްމާދޫގައި މިހާރު ދިމާވެފައިވާ ކަރަންޓުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން 400 ކިލޯވޯޓްގެ (400kw)ގެ ޖެނެރޭޓަރެއް އެރަށަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖެނެރޭޓަރު ބަރުކުރުމުގެ މަސައްކަތް މިރޭ 19:00 ހާއިރު ވަނީ ނިމިފައެވެ.

މި ޖެނެރޭޓަރު ރ. ރަސްމާދޫއަށް ގެންދިއުމަށް އެ އުޅަނދު ފުރުމަށް ހަމަޖެހިފައިވަނީ މި ރޭ މެންދަމު 12:00 ގައެވެ. އަދި އެރަށަށް އެ ޖެނެރޭޓަރު ފޯރާނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 11:00 ހާއިރެވެ.

ރަސްމާދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މި ބޮޑު މައްސަލަ ޙައްލުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށާއި، އިންގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙަށް ރަސްމާދޫ ރައްޔިތުން ވަނީ ޝުކުރު ދަންނަވާފައެވެ.