ބްރިޖްމަތީގައި ޕިކަޕެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ!
މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް، ބްރިޖް އެއަރޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެ، ބްރިޖް މެދުގައި ހުރި ޑިވައިޑަރތަކުގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 2:42 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
އެކްސިޑެންޓްގައި ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕްގައި އިން ބިދޭސީ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ވެ އެވެ. ދެ މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓްގެ ސަބަބުން ޕިކަޕަށާއި ބްރިޖްގައި ހުރި ޑިވައިޑަރތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ވަނީ ވަގުތީ ގޮތުން ހިފަހައްޓާފަ އެވެ. އަދި އެކްސިޑެންޓްވި ޕިކަޕް ވަނީ އެ ސަރަހައްދުން ޓޯވ ކުރެވިފަ އެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް މައުލޫމާތު ލިބެ އެވެ.
Ads by MACL
