ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދާންދޫ ތަރައްޤީގެ ދުވެލި ނަމުގައި ފޮތެއް ލިޔުމަށް، އަލިމަސް އެކަޑަމީއާ ހަވާލުކޮށްފި

ދާންދޫ ތަރައްޤީގެ ދުވެލި ނަމުގައި ފޮތެއް ލިޔުމަށް، އަލިމަސް އެކަޑަމީއާ ހަވާލުކޮށްފި

ގއ. ދާންދޫގެ ތަރައްޤީގެ ތާރީޚާއި ކުރިއެރުންތައް ދައްކުވައިދޭ "ގއ. ދާންދޫގެ ތަރައްޤީގެ ދުވެލި"ގެ ނަމުގައި ޚާއްޞަ ފޮތެއް ލިޔުމުގެ މަސައްކަތް، އަލިމަސް އެކަޑަމީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

ދާންދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މި މަސައްކަތުގެ ފަހުމުނާމާގައި ދާންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އާސިފު އެވެ. އަދި އަލިމަސް އެކަޑަމީގެ ފަރާތުން، ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ސޮއިކުރެއްވިއެވެ.

މި ފޮތް ލިޔުމުގެ މަސައްކަތް އަލިމަސް އެކަޑަމީއާ ހަވާލުކުރެވުމަކީ، ދާންދޫގެ ތަރައްޤީގެ ދުވެލީގެ މުހިންމު ހިރާސްތަކާއި، ރަށަށް އައި ބަދަލުތައް ލިޔެކިޔުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ގއ. ދާންދޫ ކައުންސިލްގެ އިސްނެގުމަކަށް، ރަށުގެ ތަރައްޤީގެ ދުވެލި އަންގައިދޭ ޚާއްޞަ ފޮތެއް ލިޔުމުގެ މަސައްކަތް ރާވާފައިވާއިރު، މި ފޮތަކީ ދާންދޫގެ ތާރީޚީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުންތަކަށް އަލިކަން ފޯރުކޮށްދީ، ރަށުގެ މުސްތަޤްބަލަށް ބޭނުންވާ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެ މަޞްދަރެއްގެ ގޮތުގައި ބެލެވޭ މަސައްކަތެކެވެ.