ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި ފާހަގަކުރާ ސައުދީ އަރަބިއްޔާގެ 95 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި، ވަލީޢަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށް އަދި ސައުދީގެ ހުރިހާ ރައްޔިތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.
ރައީސް މުޢިއްޒު ވަނީ ސައުދީ އަރަބިއްޔާއަކީ ދިވެހިރާއްޖޭގެ ގާތް އެކުވެރި ޤައުމެއްގެ އިތުރުން، ރާއްޖޭގެ ތަރައްޤީގައި މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
Ads by BML
Ads by MACL
