ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މޮސްކޯގައި ބޭއްވި މަންޓާ ފޯރަމްގައި ވިޒިޓް މޯލްޑިވްސް ބައިވެރިވެއްޖެ

މަންޓާފޯރަމްގައި ބައިވެރިވި ދިވެހި ވަފުދުގެ ބައެއް ބޭފުޅުން ---
މަންޓާފޯރަމްގައި ބައިވެރިވި ދިވެހި ވަފުދުގެ ބައެއް ބޭފުޅުން ---

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުން، ރަޝިޔާގެ ވެރިރަށް މޮސްކޯގައި މިމަހުގެ 14 ވަނަ ދުވަހު ބޭއްވި މަންޓާ ފޯރަމްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ބައިވެރިވެއްޖެއެވެ. މި ފޯރަމް ބާއްވާފައިވަނީ ރިސޯޓް ހޮލިޑޭޒްގެ އިންތިޒާމުގެ ދަށުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 110 ރިސޯޓާއި ހޮޓާ އަދި ޓްރެވަލް އޭޖެންޓުން ބައިވެޅިވި މި ފޯރަމްގައި، ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީއެވެ.

ރަޝިޔާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ އެއް މާކެޓަށް ވުމާއެކު، މި ބައިވެރިވުމަކީ ރަޝިޔާގެ މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސްއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ. މިއަހަރުގެ ފޯރަމްގައި، ރާއްޖޭގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓުގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކަށް ޚާއްސަ އަލިއަޅުވައިލުމެއް ދީފައިވެއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފޯރަމްގައި، ސީއައިއެސް ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހިއްސާދާރުންނާ ވަކިވަކިން ބައްދަލުކޮށް، ރާއްޖެ އިސްތިހާރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.