އދ. މަންދޫ ކައުންސިލްގެ ތިޖޫރި ފަޅާލައި
އއ. މަންދޫ ކައުންސިލްގެ ތިޖޫރި ފަޅާލައި، 18،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާއާ އެކު، ބޭރު ފައިސާ ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 10:45 ހާއިރުއެވެ.
"ދިޔަރެސް"އަށް މައުލޫމާތު ދެމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ވަގަށް ނަގާފައިވާ ފައިސާގެ ތެރޭގައި 70 ޔޫރޯ އާއި 20 އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
Ads by BMLފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަންދޫގެ އާބާދީ އަކީ 418 މީހުންނެވެ. އެއީ 154 ފިރިހެނުންނާއި 264 އަންހެނުންނެވެ.
Ads by MACL
