ތ. ގުރައިދޫ ހޮސްޕިޓަލު އިމާރާތުގެ ބިންގާ އަޅައިފި
ތ. ގުރައިދޫ ސިއްޙީ މަރުކަޒު، ޒަމާނީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ބިންގާ މިއަދު ވަނީ އަޅާފައެވެ. މި މަޝްރޫޢުގެ ސަބަބުން ގުރައިދޫއާއި ވަށައިގެންވާ ރަށްރަށުގެ ރައްޔިތުންނަށް، ރަށުން ބޭރުން ހޯދަންޖެހޭ ޞިއްޙީ ޚިދުމަތްތައް ރަށުގައި ތިބެގެން ލިބި، ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މުހިންމު މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ގުރައިދޫގައި މިއަދު ހެނދުނު ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ގުރައިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލެވެ.
Ads by BMLމި މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކުރެވިފައިވަނީ ވެމްކޯއާއެވެ. ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރެވޭ މި ހޮސްޕިޓަލުގެ ސަބަބުން، ގުރައިދޫ އަދި އެ ސަރަހައްދުގެ ރައްޔިތުންނަށް ޞިއްޙީ އެހީތެރިކަން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
Ads by MACL
